ހަބަރު

މަހްލޫފްގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ އަޑުއެހުމެއް މިއަދު

Sep 27, 2018
4
25 ސެޕްޓެމްބަރު 2018:މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ - މުހައްމަދު އަފްރާހް | އަވަސް
100%
0%
0%

ގިނަ ދުވަސްތަކެއް ވަންދެން ގޭބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން މިނިވަން ކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި މިއަދު ތައާވަލް ކޮށްފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ތައާވަލް ކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 އަށެވެ.

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި މާފުށީ ޖަލު ބޭރުގައި މުޒާހަރާ ކުރި މައްސަލާގައި މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެ މައްސަލާގައި އޭނާ ޝަރީއަތް ނިމެންދެން ގޭބަންދުކުރީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ މަހުލޫފަށް ކުރަނީ އޭނާ ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ. ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ހެއްކަށް ނުފޫޒް ފޯރުވުމުގެ ޝަރީއަތެއް މިއަދު ބާއްވާއިރު، އެމައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލައިގައި ހުކުމް އިއްވުމެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފާތުމަ

މީނާގެ ދޮގުވެރިކަމުގެ ސަބަބުން މީނާ ގެ މަރު ނުބައިނުލަފާ ގޮތަކަށް ގެންދަވާށި.

އަްލީ ހަމީދު

މިކަލޭގެއަށް ހައްގުވެގެން ވަނީ ޖަލު ގޮޅި މިކަލޭގެ ވީއްލާފަ ބަހައްޓައިގެން އިބޫ އަކށްވެސް ވެރިކަމެއް ނުކުރެވޭނެ

އަހްމަދު

ހެޔޮނުވާނެމިގައުމުފިތުނަވެރިކަމުންސަލާމަތްކުރަންބޭނުންނަމަ މިކަލޭގެއަށް ހުކުމްކޮށްފަ ޖަލުގަބަހައްޓާ ގައުމާ ދީނައްޓަކާ

މާސް

މުލިއުމުރައް ޖަލައްލާންވީ މީނަގެ އުނދަގޫ މިހާރު މާބޮޑުވެއްޖެ ގައުމު ހަލާކު ކޮއްލާފި

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910