ވިޔަފާރި

މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓް އިތުރުވެއްޖެ

ހުޅުލެ 10، ސެޕްޓެމްބަރު 2018: ރާއްޖެއަށް އައި ޓޫރިސްޓުން ވީއައިއޭގައި: މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައި- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
0%

މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 972,839 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 892,025 މީހުންނާ އަޅާ ބަލާއިރު 9.1 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު 123,992 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި 121,310 މީހުންނާ އަޅާ ބަލާއިރު 2.2 ޕަސެންޓުގެ އިތުރު ވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިނގިރޭސިވިލާތުން 9,249 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އައި 8,565 މީހުންނާ އަޅާބަލާއިރު އަށް ޕަސެންޓް އިތުރު ވުމެކެވެ. އަދި ފްރާންސުން އައީ 2,714 މީހުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 2,695 މީހުންނާ އަޅާބަލާއިރު 0.7 ޕަސެންޓް އިތުރުވުމެކެވެ. އަދި މި މުއްދަތުގައި ޖަރުމަނުން 6,382 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 6,916 މީހުންނާ އަޅާބަލާއިރު 7.7 ޕަސެންޓް ދަށްވުމެކެވެ.

ސެޕްޓެމްބަރު 27، އޮގަސްޓް މަހު ޓޫރިސްޓުން އައި މިންވަރު އަންގައިދޭން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބު- މައުލޫމާތު: ޓޫރިޒަމް މިނިސްޓްރީ

މި މުއްދަތުގައި ޗައިނާ އިން 33,472 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 33,743 މީހުންނާ އަޅާ ބަލާއިރު 0.8 ޕަސެންޓް ދަށްވުމެކެވެ. އަދި އިންޑިޔާ އިން މިދިޔަ މަހު 4,299 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ މަހު އައި 6,024 މީހުންނާ އަޅާބަލާއިރު 28.6 ޕަސެންޓް ދަށްވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގައި ޓޫރިސްޓުންނަށް 766 ތަނަކުން ދަނީ ހިދުމަތް ދެމުންނެވެ. މީގެތެރޭގައި ހިމެނެނީ 129 ރިސޯޓާއި 482 ގެސްޓްހައުސް އަދި 144 ސަފާރީ އާއި 11 ހޮޓަލެވެ. މި ތަންތަނުގައި ޖުމްލަ 41,382 އެނދު އެބަހުއްޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910