މިއުޒިކް

ކާންޔޭ ވެސްޓް އޭނާގެ ނަން ބަދަލުކޮށްފި

އެމެރިކާގެ މަޝްހޫރު ރެޕަރު ކާންޔޭ ވެސްޓް އޭނާގެ ނަން "ޔޭ" އަށް ބަދަލުކޮށްފި އެވެ.

ކާންޔޭ 44، އޭނާގެ ނަން ބަދަލުކުރިކަން ވަނީ ޓުވީޓެއް މެދުވެރިކޮށް ބުނެފަ އެވެ. އޭނާގެ އެންމެފަހުން ނިކުތް އަލްބަމް، އަށް ވަނަ އަލްބަމަށްވެސް ކިޔަނީ "ޔޭ" އެވެ. ވަނަމެއްގެ ގޮތުގައިވެސް އޭނާ އައީ އެ ނަން ބޭނުންކުރަމުންނެވެ.

ކާންޔޭ މިހާރު އަންނަނީ އާ އަލްބަމެއްވެސް ނެރުމަށް ތައްޔާރުވަމުންނެވެ. "ޔާންދީ" ކިޔާ އެ އަލްބަމް ލޯންޗުކުރަން ނިންމާފައި ވަނީ ސަޓަޓޭ ނައިޓް ލައިވް ޓީވީ ޝޯގައި އެވެ.

މީގެ ކުރިން މަޝްހޫރު ބައެއް އެހެން ރެޕަރުންވެސް ވަނީ އެމީހުންގެ އަސްލު ނަން އެހެން ނަމަކަށް ބަދަލުކޮށްފައި އެވެ.