ހަބަރު

އިމްރާން ހާން، އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށް އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފި އެވެ. އިބޫ އެންމެ ބައްދަލުކޮށްލާ ހިއްވާ ބޭފުޅަކީ ވެސް އިމްރާންހާން އެވެ.

އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު އިމްރާން ހާން ގުޅުއްވައި މަރުހަބާ ވިދާޅުވި ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށާއި އެކަން އޮމާން ކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ އުންމީދުގައި ތިއްބެވި ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން ކުރިއެކޭވެސް އެއް ގޮތަށް އޮންނާނެ ކަމަށާއި އެގުޅުން އިތުރަށް ބަަދަހި ކުރުމަށްވެސް އިމްރާން އެދިވަޑައިގެންފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިބޫ އަށް ގުޅުއްވައި މަރުހަބާ ދަންނަވާފައިވާއިރު، އިއްޔެ ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުވެސް އިބޫ އަށް ގުޅުއްވައި މަރުހަބާ ދަންނަވާފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ވެސް ވަނީ ފޯނުން ގުޅުއްވައި އިބޫ އަށް މަރުހަބާ ދަންނަވާފަ އެވެ. މޯދީ ވަނީ އިބޫއަށް ބައްދަލުކުރުމަށް ދައުވަތުވެސް ދެއްވާފަ އެވެ. އެ ދައުވަތު ވަނީ އިބޫ ގަބޫލު ކުރައްވާފަ އެވެ. އަދި އިބޫ ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށްވެސް މޯދީއަށްވެސް ދައުވަތު ދެއްވާފަ އެވެ.