ހަބަރު

ފުރާޅުން ޓިނު ނަގައިގެން ވަދެ ތިޖޫރިއެއް ވަގަށް ނަގައިފި

Oct 2, 2018
11

ފުވައްމުލަކު ދޫޑިގަމު އަވަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ އެފްއެސްއެމް އީޒީފިލް ޕެޓްރޯލް ޝެޑްގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕެޓްރޯލް ޝެޑްގެ ތިޖޫރީ ބަޔަކު ވަގަށް ނަގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ހުރި މީހަކު ބުނީ، ޕެޓްރޯލް ޝެޑްގެ ތިޖޫރީ ރޭ ވަގަށް ނަގާފައިވަނީ ސްޓޭޝަންގެ ފުރާޅުން ޓިނު ނައްޓާލައިގެން ބަޔަކު ވަދެ ކަމަށެވެ. ނަމަވެސް އެކަން ކުރީ ކޮން ބަޔަކު ކަމެއް، ހާދިސާގައި ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ވެސް އަދި ނޭނގެ އެވެ.

ޕެޓްރޯލްޝެޑް ހުންނަ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން
ފުލުހުންގެ ބަހެއް ހޯދާލަން ގުޅުމުން ފޯނަށް ޖަވާބެއް ނުދެ އެވެ.