މޯލްޑިވްސް ޕޮލިސް ސާވިސް

ހަށިވިއްކުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

Mar 5, 2023

ހަށިވިއްކުމުގެ ތުހުމަތުގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އިއްޔެގެ ވަގުތެއްގައި މި ތިން މީހުން ހައްޔަރުކުރީ އެ ރަށުގައި ހިންގާ ސްޕާއެއްގެ ތެރެއިންނެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.