ދިވެހި ޕްރެމިއާ ލީގް

ދާދުގެ ހެޓްރިކުން މާޒިޔާ ހަތަރަކަށް

ގްރީން ސްޓްރީޓްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މާޒިޔާއިން ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

މާޒިޔާގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑުޖަހައި ހެޓްރިކު ހެދީ ހަސަން ނާއިޒު ‘ދާދު’ އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އޭނާ ޖެހީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ. ޢެ ނަތީޖާއިން މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔަ އެވެ.

ދެ ވަނަ ހާފު ގްރީން ސްޓްރީޓުން ފެށީ ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި މުހައްމަދު ޝައްފާޒު ގްރީން އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

މާޒިޔާއިން އަލުން ލީޑް ނެގީ، މެޗުގެ 69 ވަނަ މިނެޓްގައެވެ. ޢެ ލަނޑު ކާމިޔާބު ކުރީ ކޯނޭލިއަސް ށްޓެވާޓް ‘ކޯނޭ’ އެވެ. މެޗުގެ އެންމެ ފަހު 10 މިނެޓާ ހަމަޔަށް މާޒިޔާ ހިފެހެއްޓީ އެއް ލަނޑުގެ ލީޑެއްގަ އެވެ.

މެޗުގެ ފަހު ކޮޅުގައި ގްރީންގެ ކުޅުންތެރިން ވަރުބަލި ވެފައި ތިބުމުން، އޭގެ ފައިދާ މާޒިޔާއިން ވަރަށް ރަނގަޅަށް ހިފި އެވެ. އިތުރު ދެ ލަނޑު ޖަހައި ދާދު ހެޓްރިކު ފުރިހަމަ ކުރީ އެންމެ ފަހު 10 މިނެޓްގަ އެވެ.