ސުނީތާ އަލީ

ސުނީތާއަށް އިންޒާރުދިން މައްސަލައެއް ބަލައިދޭން އެދެފި

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އަށް އިންޒާރުދީ، ފުރައްސާރަކުރާ ޒާތުގެ މެސެޖުތަކެއް މީހަކު ފޮނުވުމާއި ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޭނާ އެދިއްޖެ އެވެ.

ސުނީ ކުރި ޓުވީޓެއްގައި ބުނީ އެ މީހާ އޭނާއަށް މެސެޖުކޮށްފައި ވަނީ ފޭސްބުކް މެސެންޖާއިން ކަމަށެވެ. އެ މެސެޖުތަކުގައި ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައިވާއިރު، ޅ. ހިންނަވަރަށް އަރައިފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ.

އެ މެސެޖުތަކުގެ ސްކްރީންޝޮޓާއި މެސެޖުކުރި މީހާގެ ޕްރޮފައިލް ސުނީ ވަނީ އެ ޓުވީޓާއިއެކު އާންމުކޮށްފައި އެވެ.

"އަހަންނަކަށް ނޭނގެ މިއީ ކާކުކަމެއްވެސް، އަދި އަހަންނަށް މީހަކު އިންޒާރުދޭވަރުގެ ގޯސް ކަމެއް ކުރެވުނު ކަމެއްވެސް ނޭނގޭ. ފުލުހުންގެ އިދާރާއިން މިކަން ބަލައި، ފިޔަވަޅު އަޅާނެކަމަށް އުއްމީދުކުރަން،" ސުނީގެ ޓުވީޓްގައި ބުނެފައިވެ އެވެ.

ސުނީ މި ވަގުތު ހުރީ އަމިއްލަ ދަތުރެއްގައި ރާއްޖެއިން ބޭރުގައި އެވެ.