ވިޔަފާރި

ރާއްޖެ އަށް ތިންވަނަ ފަހަރަށް ސެވަން ސްޓާ ލަގްޒަރީ އެވޯޑް

Oct 7, 2018
1

ދުނިޔޭގެ މަޝްހޫރު ގިނަ ގައުމުތަކާ ވާދަކަށް ރާއްޖެ އިން ތިން ވަނަ ފަހަރަށް "ސެވަން ސްޓާ ގްލޯބަލް ލަގްޒަރީ އެވޯޑް"
ހޯދައިފި އެވެ.

ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ސެވަން ސްޓާ ލަގްޒަރީ އެވޯޑު ރާއްޖެ އަށް ހަވާލުކޮށްފައިވަނީ ގްރީސްގެ ބްލޫ އެލީޓް ރިސޯޓުގައި އިއްޔެ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. މި އެވޯޑާ ރާއްޖެއިން ހަވާލުވެ ވަޑައިގަތީ ރާއްޖެއިން ޖެނީވާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހާލާ ހަމީދު އެވެ.

ރާއްޖެ އަށް މި އެވޯޑު ލިބިފައިވަނީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދި ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލްސް އިން ދިން ވޯޓަކުންނެވެ.

ސެވަން ސްޓާ ލަގްޒަރީ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖެ އަށް "ސެވަން ސްޓާ ޑެސްޓިނޭޝަން ވިނާ" ގެ ވަނަ ލިބިފައިވަނީ ދުބާއީ އާއި ސީޝެލްސް އަދި މޮރިޝަސް އާއި ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކޮށްގެންނެވެ. ސެވަން ސްޓާ ލަގްޒަރީ އެވޯޑު ރާއްޖެ އަށް މީގެ ކުރިން ލިބިފައިވަނީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު އެވެ.