ހަބަރު

އައްޑޫ މާރާމާރީއާ ގުޅޭ އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި

ހޮނިހިރުދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫގައި ހިންގި މާރާމާރީގެ ތުހުމަތުގައި އިތުރު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. އެ މާރާމާރީއާ ގުޅިގެން މީގެ ކުރިން ވެސް ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ދެ ގްރޫޕެއްގެ ދެމެދު ހިނގި އެ މާރާމާރީގައި 22 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ. މުހައްމަދު އީވާން ނަމަކަށް ކިޔާ އެ ޒުވާނާގެ ބޮލާއި ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވާއިރު އޭނާ ވިވަގުތު އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އީވާނަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗްގައި ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 26 އަހަރާ ދެމެދުގެ ދިހަ މީހެކެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ފޭދޫއިންނެވެ.

ގިނަ ބަޔަކު ޝާމިލުވާ މި މާރާމާރީގައި އީވާންގެ ކަރަށާއި ބުރަކައްޓަށާއި ބޮލަށް ވަނީ ވަޅި ހަރައިފަ އެވެ.