މިއުޒިކް

ޓެއިލާ ސްވިފްޓުވެސް ސިޔާސީ ވެއްޖެ

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ސިޔާސީ ދާއިރާއަށް ނިކުންނަ އުޅޭކަމުގެ އިޝާރާތެއްދީފި އެވެ. ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިލެކްޝަންގައި ޑިމޮކްރެޓިކް ޕާޓީގެ ދެ މެމްބަރަކަށް ތާއީދުކޮށް އޭނާ ވަނީ ބަޔާނެއް ނެރަފަ އެވެ.

މީގެ ކުރިން ސިޔާސީ ގޮތުން ގިނަ ފިއްތުންތައް ކުރިމަތިވި ނަމަވެސް ޓެއިލާ ވަނީ އޭނާގެ ސިޔާސީ ފިކުރާ ބެހޭގޮތުން ފާޅުގައި ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފަ އެވެ.

ޓެއިލާ ނެރުނު ދިގު ބަޔާނުގައި އޭނާ ވަނީ ސިޔާސީ ވާހަކަތައް ފާޅުގައި ދެއްކުމަށް މީގެކުރިން ފަސްޖެހުނު ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް ވަމުންދާގޮތުން އޭނާގެ ހިޔާލު ބަދަލުވެފައިވާ ކަމަށް ބުނެފަ އެވެ.

އެ ބަޔާނުގައި ޓެއިލާ ވަނީ އަންހެން މީހަކަށް (ހިލަރީ ކްލިންޓަން) ވޯޓު ނުދިނީތީ މިއަދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

އެމެރިކާގައި މިހާރު ރައީސްކަން ކުރަމުން އަންނަ ޑޮނާލްޑް ޓަރަމްޕްއާ ދެކޮޅަށް ވަރަށް ގިނަ ލަވަކިޔުންތެރިންނާއި ހޮލީވުޑްގެ ފަންނާނުން ވަނީ ވާހަކަ ދައްކާފަ އެވެ.