ވިޔަފާރި

މަގުބޫލު ޝެފުންނާއެކު އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ފަށައިފި

ރާއްޖެ އާއި ދުނިޔޭގެ މަޝްހޫރު ޝެފުންނާއެކު ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު މިއަދު ފަށައިފި އެވެ.

ދަރުބާރުގޭގައި މިއަދު ފެށި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި މި އަހަރު 620 ޝެފުން ބައިވެރިވާނެ އެވެ. މި މިބައިގައި 70 ރިސޯޓަކުން ބައިވެރިވެ އެވެ. އަދި 23 މުބާރާތުގައި ލައިވް ކުކިންގެ ގޮތުގައި ކެއްކުމުގެ އަށް މުބާރާތެއް ކުރިއަށް ދާނެ އެވެ. މި މުބާރާތުގެ ޖަޖުންނަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ.

ދަރުބާރުގޭގައި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ބޭއްވުމަށް ހަދާފައިވާ ހާއްސަ ޓެންޓެއްގައި ކުރިއަށް ގެންދާ މި މުބާރާތް ސްޕޮންސާކޮށްފައިވަނީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިންނެވެ. އަދި މި ބައިގެ ކަލިނަރީ އިކްއިޕްމަންޓް ޕާޓްނަރަކީ އީވޯ ހޯމް އެވެ.

ބީބީއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ހަސަން ވިދާޅުވީ ކަލިނަރީ މުބާރާތަކީ ވެކްސް 'އޭ' ގްރޭޑުގެ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ދިވެހިންނަށް ގިނަ ފުރުސަތު ތަކެއް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްލެޓްފޯމުން ހޮވާލާ ފަރާތްތައް ރާއްޖެއިން ބޭރަށް ގޮސް ހުޅުވާލަން. މީގެ ތެރެއިން ގިނަ ޝެފުން ވަނީ ރަންވަނަ ތަކެއްވެސް ހޯދާފަ،" އަފްރާހު ވިދާޅުވި އެވެ.

ހޮޓެލް އޭޝިއާއަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ.