ކުށްކުރުން

މިއަދު ވެސް މާލޭގައި ޒުވާނަކު ޒަހަމްކޮށްލައިފި

Oct 10, 2018
2

މިއަދު މެންދުރުގެ ވަގުތުގައި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލައިފި އެވެ. އެ މާރާމާރީ ހިނގާފައިވަނީ ޣިޔާސުއްދީން ސްކޫލް ކައިރީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މާރާމާރީގެ ރިޕޯޓް ލިބުނީ 12:30 ހާއިރު ކަމަށެވެ. އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ޒަހަމްވި އުމުރުން 24 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

މިއަދު މާރާމާރީއެއް ހިނގާފައިވާއިރު މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އޭގެއިތުރުން އައްޑޫ ސިޓީގައި ޒަހަމްކޮށްލި ޒުވާނަކަށް ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.