ޖޭއެސްސީ

ޖޭއެސްސީގެ މެންބަރުންނަށް ވަކާލާތު ނުކުރެވޭ ގޮތް ހަދަންޖެހޭ

ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ހަދާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުންނަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

ފާއިޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިނުގަނެ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލަ ހުށަހެޅުއްވުމުގައި ޖޭއެސްސީގެ މެންބަރު މުހައްމަދު ސަލީމް، ރޭނިސް ސަލީމް ބައިވެރިވެވަޑައިގަންނަވާތީ އެވެ.

ރޭނިސް ސަލީމަކީ ރައީސް ޔާމީންގެ މެންބަރެއްގެ ގޮތުން ޖޭއެސްސީގައި އިންނަވާ ބޭފުޅާ އެވެ.

ފާއިޒު ވިދާޅުވީ ޖޭއެސްސީ އުފެދުނީންސުރެ ވެސް މެންބަރުން އެގޮތަށް އަމަލު ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ފެނުނު މަންޒަރު ރަނގަޅު ނޫން ކަމަށެވެ. އަދި ކުރެވުނު ތަޖުރިބާ ވެސް ރަނގަޅު ނޫން ކަމަށެވެ.

"ޖޭއެސްސީ ގާނޫނަށް އިސްލާހު ގެނެސް މިފަދަ ދޮރުތައް ބަންދު ކުރަންޖެހޭ،" ފާއިޒު ވިދާޅުވި އެވެ.

މިހާރު ގާނޫނު އޮތް ގޮތުން ޖޭއެސްސީގެ މެންބަރުން ވެސް ކޯޓުތަކުގައި ވަކާލާތު ކުރުމަށް ހުރަހެއް ނޯވެ އެވެ. ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ ސިވިލް ކޯޓާއި ހައިކޯޓުގައި ކުރިއަށް ދިޔައިރު ވެސް ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އިންނަވާ މެންބަރު އިބްރާހިމް ރިޒާ، ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ވަޑައިގެންނެވި އެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި ކޯޓުތަކަށް ޖޭއެސްސީ މެންބަރުން ވަޑައިގެން ވަކާލާތު ކުރެއްވުމަކީ އެ މެންބަރުންގެ އަހްލާގީ މައްސަލައެކެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކެމްޕެއިން ވައުދެއްގެ ގޮތުގައި ޖޭއެސްސީގެ ގާނޫނަށާއި އެ
ކޮމިޝަނަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.