ހަބަރު

ސިފައިންގެ ވެލްފެއާގެ ކަންކަމަށް އަނެއްކާ ވެސް ކުންފުންޏެއް އުފައްދައިފި

Oct 15, 2018
4

ސިފައިންގެ ވެލްފެއާ އަށް މަސައްކަތް ކުރުމަށް "ސިފައިންގެ އެކުވެރި ކުންފުނި" ރައީސް އަބްދުﷲ ޔާމީން އަލުން މިއަދު އުފައްދަވައިފި އެވެ.

ސިފައިންގެ އެކުވެރި ކުންފުންޏަކީ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ވިޔަފާރި ކުރުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައިވެ އެވެ. އެ ނަމުގައި މީގެ ކުރިން ވެސް ވެލްފެއާ ކުންފުންޏެއް ހިންގި އެވެ. ނަމަވެސް ފަހުން ވަނީ އެ ކުންފުނި އުވާލައިފަ އެވެ.

ސިފައިންގެ ވެލްފެއާއަށް މިހާރު ވެސް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އޮވެ އެވެ. އޭގެ އިތުރުން ސިފައިންގެ ވިޔަފާރި ކުންފުނި ސިފްކޯ ވެސް އޮވެ އެވެ.