އެޗްޑީސީ

ކޮރަޕްޝަންގެ ތުހުމަތުތަކާއެކު އެޗްޑީސީއާ ދެކޮޅަށް އަޑު އުފުލައިފި

Oct 17, 2018
4

ކޮރަޕްޝަންގެ އަމަލުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހިންގަމުންދާ ކަމަށް ބުނެ އެ ކުންފުނީގެ އޮފީހުގެ ކުރިމަތީގައި މިރޭ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.

އެޗްޑީސީ ކުރިމަތީގައި މިރޭ ބަޔަކު މުޒާހަރާކޮށް، އެތަނުގެ ހިންގުމާ ހަވާލުވެ ހުންނެވި، ޗީފް އޮޕަރޭޓިން އޮފިސަރު ސީއޯއޯ އަހުމަދު ބުންޔާމީން ހައްޔަރުކުރުމަށް ވަނީ ގޮވާލާފަ އެވެ.

މުޒާހަރާކޮށްފައިމިވަނީ ހުޅުމާލޭގައި ރައީސް ޔާމީންގެ ކެމްޕެއިން ބެނާތައް ޖެހުމަށް ބޭނުންކުރި ހޮޅިތަކެއް ހުޅުމާލެއިން މިއަދު ބޭރުކޮށް ވިއްކާލަން އުޅެނިކޮށް އެކަން ފުލުހުން ހުއްޓުވާފައިވަނިކޮށެވެ. އޭގެއިތުރުން އެޗްޑީސީއިން ލިޔެކިޔުންތަކެއް ނައްތާލާ ކަމުގެ އަޑުތައް ވެސް މިއަދު ފެތުރުނެވެ.

ރައީސް ޔާމީންގެ ކެމްޕެއިނަށް އެޗްޑީސީއިން މިލިއަނުން ހަރަދުކޮށްފައިވާކަން ފަޅާ އަރާފައިވާއިރު އެކަމުގެ ސަމާލުކަން މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހަށް ވެސް ވަނީ ލިބިފަ އެވެ. އަދި އެ މައްސަލަ އެ ދެ މުއައްސަސާއިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެޗްޑީސީގެ ކޭސް ފްލޯ ދަށްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވެެސް ވަނީ ވިދާޅުވެފަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމާފައިވަނީ ވެސް އެހެންވެ އެވެ.