ހަބަރު

ތަރައްގީ ކުރަން އާޓިފިޝަލް ބީޗް ބަންދުކުރަނީ

Oct 24, 2018
2
އާޓިފިޝަލް ބީޗް ސަރަހައްދު: އެތަން ބަންދުކުރަން ވަނީ ނިންމާފަ -- އަހުމަދު ނާއިމް | އަވަސް
0%
0%
0%

ތަރައްގީ ކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދު ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވާކަން ހާމަކޮށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އަންގާފަ އެވެ.

އިއްޔެ އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ފެންސް ޖެހުމަށް ބޭނުންވާތީ، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕާކްކޮށްފައިހުރި ވެހިކަލްތައް، އެތަނުންނަގާ އެސަރަހައްދު ހުސްކުރަން އަންގާ ކަމަށެވެ.

އެ ތާރީހުގެ ނިޔަލަށް ނުނަގާ ހުންނަ ވެހިކަލްތައް ފުލުހުން މެދުވެރިކޮށް ނެގޭނެ ކަމަށާއި އެގޮތަށް ނެގޭ ވެހިކަލްތަކަށް ލިބިދާނެ ގެއްލުމަކަށް މިނިސްޓްރީއިން ޒިންމާ ނުވެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. ފަސް މަސް ދުވަހުން އެ މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ 13 މިލިއަން ރުފިޔާއަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިކުމަތު

ނޮވެމްބަރު 1 ގެ ފަހަސް ބަންދު ކުރަން ހަދަމާ. އޭރުން ތި ވާ އެއްޗެއް އިގޭނީ. ސަޕޯޓަރުން ތިބިތޯވެސް ފެންނާނީ އޭރުން.

ކުން

އަދިވެސް އެގޮތުގަ؟ ނޫނީ ކުރިން ކުރަންޖެހޭ ކަމެއް މިއަދު ފަށަނީތަ؟13 މިލިއަން؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345