އިސްލާމިކް ބޭންކް

އެމްއައިބީއަށް ސަރަހައްދީ ބޭންކުގެ އެވޯޑް

Oct 24, 2018

އިސްލާމިކް ފައިނޭންސް ދާއިރާގެ ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް އަނެއްކާ ވެސް ލިބިއްޖެ އެވެ.

މެލޭޝިއާގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ރާއްޖޭގެ އިސްލާމިކް ބޭންކްއަށް ލިބިފައިވަނީ އިސްލާމިކް ފައިނޭންސް ދާއިރާގެ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ އައިއެފްއެފްއެސްއޭގެ ގޯލްޑް އެވޯޑެވެ. މި އެވޯޑު ރާއްޖޭގެ އެމްއައިބީއަށް ލިބިފައިވަނީ އޭޝިއާ ސަރަހައްދުގައި ހަރަކާތްތެރިވާ މަޝްހޫރު އިސްލާމިކް ބޭންކްތަކާ ވާދަކޮށެވެ.

އިސްލާމިކް ބޭންކްއަށް މި އަހަރު ވެސް އައިއެފްއެފްއެސްއޭގެ ގޯލްޑް އެވޯޑް ލިބުނުއިރު 2011 ވަނަ އަހަރު އިސްލާމިކް ބޭންކް އެންޑް ފައިނޭންސް އެވޯޑު ލިބިފައިވެ އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އޮތޯރިޓީ (އެމްއެމްއޭ) މާލީރޭ އެވޯޑު ވެސް ލިބިފައިވެ އެވެ. މީގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް އެވޯޑާއި ބެސްޓް މެނޭޖު އިސްލާމިކް ބޭންކް އެވޯޑުވެސް ވަނީ ލިބިފަ އެވެ.