ހަބަރު

މިއުޅެނީ ވަޒީފާއެއް ނުލިބިގެނެއް ނޫން: ދުންޔާ

Oct 26, 2018
14
"އަވަސް ހުކުރު"ގެ ނަމުގައި "އަވަސް"އިން ފެށި ޓޯކް ޝޯގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު އަފްރާހް | އަވަސް
0%
0%
100%

މަސައްކަތް ކުރަނީ އަންނަ އޮތް ސަރުކާރުން ވަޒީފާއެއް ހޯދުމަށް ނޫން ކަމަށާއި ހުންނެވީ ވަޒީފާއެއް ނުލިބިފަ ނޫން ކަމަށެވެ. ރާއްޖެއިން ބޭރުންވެސް ވަޒީފާލިބެން އެބައޮތް ކަމަށާއި އެކަމުގެ ގާބިލްކަން އެބަހުރި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ އަބަދުވެސް މަސައްކަތް ކުރަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވަޒީފާގެ ބޭނުމުގައި ކަމަށާއި މިހާރުވެސް މަސައްކަތް ކުރައްވަނީ އަންނަން އޮތް ސަރުކާރުގެ ވަޒީފާއެއް ހޯދުމަށް ކަމަށްބުނެ ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.

"އަވަސް ހުކުރު"ގެ ނަމުގައި "އަވަސް"އިން ފެށި ޓޯކް ޝޯގައި އެކަމާ ގުޚޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ، އޭނާ އަށް ތިން ރައީސުންނަށް ހިދުމަތް ކުރެވިއްޖެ ކަމަށާއި އަދި އޭގެ ކުރިން އދ. ގައިވެސް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި ބޭރުގެ އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތުވެސް ލިބިގެން ގޮސްފައިވާ ކަމަށާއި ތަޖްރިބާ އާއި ތައުލީމަށް ބެލިނަމަވެސް ވަރަށް ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ބޭނުންފުޅުވާނަމަ ލަފަޔާ އިރުޝާދާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި ބޭނުންފުޅުވާ ދާއިރާއަކުން ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެކަމަކު އަޅުގަނޑު މިހުރީ ކޮންމެހެނެއް ޖޮބެއް ނުލިބިގެނެއްނޫން، އަޅުގަނޑަށް އިރާދަ ކުރެއްވިއްޔާ ރާއްޖެއިން ބޭރުންވިޔަސް އަދި އެހެން ދިމާތަކުންވެސް އަޅުގަނޑަށް ބޭނުން ޖޮބެއް ހޯދޭނެ، އެވަރުގެ ގާބިލްކަން އަޅުގަނޑުގެ އެބަހުރި،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ކިޔަވައިގެން ތިބި ތަޖްރިބާހުރި ފަރާތްތައް ބޭނުންވާ ކަމަށާއި އެއަށްވުރެ ބޮޑަށް އިހްލާސްތެރިކަމާއެކީގައި ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ބައެއް ބޭނުންވާ ކަމަށެވެ.

"ކިތަންމެ ފާޑު ކިޔުމެއް އަޔަށް އަޅުގަނޑު މި ހުންނެވީ ފެށުނީއްސުރެ އަޅުގަނޑު ބައްޕަ އަރިހުގައި، އަޅުގަނޑު އާއިލާއާއެކީގައި، ދެން އަޅުގަނޑު އެވަގުތު މަސައްކަތް ކުރާ ސަރުކާރެއްގެ ހުންނަވާ ރައީސަކަށް އަޅުގަނޑު ރިޕޯޓް މިކުރައްވަނީ، އެބޭފުޅެއްގެ އިރުޝާދުގެ ދަށުން ސަރުކާރެެއްގައި ދެމިހުންނަހާ ހިނދަކު މަސައްކަތް ކޮށްފަ ހުންނާނީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، އޭނާ އަކީ ޕާޓީ ބަދަލުކޮށް ހައްދަވާނެ ފަރާތެއް ނޫން ކަމަށާއި ކުރިންވެސް އެކަން ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އޭނާގެ މަސައްކަތްތަކާއި އަމަލުތައް ބައްލަވައި ޖަޖް ކުރައްވާނީ ރައްޔިތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހާރިޖީ ދާއިރާގައި ހާއްސަކޮށް ފޮޮރިން މިނިސްޓަރުގެ މަގާމުގައި އަޅުގަނޑު މަސައްކަތް ކުރަން ޖެހުނީ ރާއްޖެ އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލި ދައުރެއްގައި، އެހެންވީމަ އެބޭފުޅުން ޖަޖް ކުރައްވާށޭ އަޅުގަނޑުގެ ޖޮބް އަޅުގަނޑު ގެންދިޔައީ ކިހިނެތްތޯ، އަޅުގަނޑު ކުރިމަތި ލީންތޯ އަޅުގަނޑު ކުރިމަތިލާން ޖެހުނު ފަރާތްތަކާ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، އޭނާ މަސައްކަތް ކުރެއްވީ ރާއްޖޭގެ ތަސައްވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ކަމަށެވެ، ރާއްޖެއަކީ ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގައުމެއް ކަމުން ރާއްޖޭގެ އިމޭޖް ރީތި ކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި އެކަން ކުރެއްވުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ދުންޔާ އަންނަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދުންޔާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ރައީސް ޔާމީންގެ ސަރުކާރާއެކު މަސައްކަތް ކުރައްވާފަ އެވެ.

ދުންޔާ ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އިބޫއާ ބައްދަލުކުރައްވައި ދުންޔާ ވިދާޅުވީ، މިދިޔަ ދުވަސްތަކަކީ އޭނާގެ އާއިލާ އަދި އެހެން ބައެއް އާއިލާތަކަށް ވެސް އެތައް ހިތާމައަކާއި މާޔޫސްކަމާ ކުރިމަތިލާން ޖެހުނު ދުވަސްތަކެއް ކަމަށެވެ. ބިރުވެރިކަމާއި ހާސްކަން އަދިވެސް އޮތް ނަމަވެސް މިއަދު އިބޫއާއެކު ކުރެވުނު ބައްދަލުވުން ވެގެން ދިޔައީ އުއްމީދުން ފުރިގެންވާ ބައްދަލުވުމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވައި މާޒީގައި ހިނގާފައިވާ ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް އެއްކައިރިކޮށް އެކުގައި ކުރިއަށް ދާން ޖެހޭ ދަނޑިވަޅު ކަމަށް ވިދާޅުވެ ނަޝީދަށްވެސް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

14 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރާޅު

މަގޭކުރި ޓްވިޓު ރިވިޔު ނުކުރީ ކީއްވެ

ަައަވަސްއަވަސް

އިންޝާﷲ ރަނގަޅޭ ހާދަ ދީން ވެރިވެއްޖެޔޭ. ބަލަ އެއީ ކުރިއަށް އޮތްތަނަށް ބުނަންޖެހޭ އެއްޗެކޭ.

އައި

އަދި އިބޫ ޖަހުޅުގެ ދުވަސް ވެސް ދާނެ ....ރޔ ވެރިކަން ނިމުނު އިރު ވެސް ދެދަރިން ނެތް ފެނިޅާފަ ވެސް އެކަމަކު އެއީ ކިހާ ތައުޅީމީ ކުދިން ދުނިޔެއިން ވަނަ ހޯދި އެއުޅެނީ ސާދާ ދިރިއުޅުމެއް ....އެއީ ގޓް

މަ

ދުންޏާ ބުނީ ރަގަޅުވާހަކަ އެއް. އިޚްލާސްތެރިން ގައުމަށް ބޭނުން. އިއްޔެ ކަމެއް ގޯސްކޮށް ހިނގާކަން އެނގިހުރެ އެކަން ދިފާއުކޮށްވާހަކަ ދެއްކި މީހަކު މިއަދު އިޚްލާސްތެރިންގެ ލިސްޓަކަށް ނުލެވޭނެ. އިއްޔެ ރައްޔިތުންނަށް އިޚްލާސްތެރި ނުވި މީހަކު މިއަދު އިޚްލާސްތެރިވާނެކަމަށް ގަބޫލުކުރުމަކީ އަހަރެމެންގެ ނުކުޅެދުންތެރިކަން.

ކަމަނަ

އެހެންނެއްނޫން ވާނީމޮޅައްކިޔެވޭނެތާ ބައްޕާފުޅުވިއްޔާތިރީސްއަހަރުވެރިކަން ކުރެއްވީ ރާޖެތެރޭގެތިބިނިމަމެތިންގެ އކުދިންނަކައްެ އެފުރުސަތެއްނުދޭ ފަސްކުޅަނދުނެތޭކިޔާފަ

މާހިރާ

އެއުޅެނީ މަޖާކުރާހިތުން ނުހުރެވިގެން ،، ވަޒީފާ ބޭނުމުގަ ނޫންނަމަ ކޮންހާވާހަކައެއް ހިމޭނުން ތިބީމަ ނިމުނީ ،، ހަމަމާދަމާ ކިޔަންފަށާނެ އިބޫ ޖަހުލުގެ ގޯސްވާހަކަ.. ވ. ސަލާމް

ބުރުތުޤާލް

ދުންޔާ ގެ ލަފާ ޤަބޫލުކުރާ ހިސާބުން އެމީހަކު ބަދަލުވާނީ ނުލަފާ މީހަކަށް. ހެޔޮނުވާނެ އަލަށް އިންތިޚާބްވި ރައީސް އިބޫ ނޫން އެހެން ބޭފުޅަކަށް ތިޔަ ލަފާ ދެއްވާ! އަމުދަކުން ރައްޔިތުންނެއްވެސް ނޫޅެ ލަފާ އަރުވާނެ މީހަކު ނުލިބިގެނެއް.

ގލޅ

ވަޒީފާއެއް ނުލިބިގެން އުޅުއްވާކަމަށް ބެލެވެނީ

ސުވާލު

ކަމަނާ ފިރިސޮރު ރާއްޖޭގެ މުއްސަދިންގެ ލިސްޓަށް އެރީ ކިހިނެއް؟ އެއީ ދިވެސެއްވެސް ނޫން!

ދުންޔާ

ކިހާ ދެރަކަމެއް ދެން ދާންވީނު ކީއްވެފަތަ ތިތިބެނީ. އަދިވެސް ގައުމުން ކެވުނުވަރު މަދީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910