ދުނިޔެ

އެމެރިކާގެ ޔަހޫދީ ފައްޅިއެއްގައި ބަޑިޖަހައި 11 މީހުން މަރާލައިފި

Oct 28, 2018
1

ޕެންސަލްވޭނިއާ (28 އޮކްޓޯބަރު) - އެމެރިކާގެ ޕެންސަލްވޭނިއާ ސްޓޭޓްގެ ޕިޓްސްބާގު ހުންނަ ޔަހޫދީ ފައްޅިއަކަށް ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި 11 މީހުން މަރުވެއްޖެ އެވެ.

އެ ހަމާދީފައިވަނީ، ކުޑަ ކުއްޖަކަށް ނަން ކިޔުމުގެ ހަރަކާތެއް ކުރަމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައި އެވެ. އެ ހަމަލާދިން މީހާ، 46 އަހަރުގެ ރޮބަޓް ބަވާސް ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ.

މި ހަމަލާއަކީ، އެމެރިކާގައި ދިރިއުޅޭ ޔަހޫދީންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އަދި މިއީ ނަސްލަކާއި ދެކޮޅަށް ހިންގި ފިނޑިއަމަލެއް ކަމަށް އެމެރިކާގެ ޔަހޫދީންގެ ޖަމާއަތަކުން ވަނީ ބުނެފައި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހަމަލާ އަކީ "ގަތުލު އާންމެއް" ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެ ހަމަލާދިން ވަގުތު "ހުރިހާ ޔަހޫދީން މަރަންޖެހޭކަމަށް" ރޮބަޓް ބަވާސް ގޮވަމުން ދިޔަކަމަށްވެ އެވެ.

މިހަމަލާއާއެކު، އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަންޖެހޭ ކަމުގެ ބަހުސް އަނެއްކާވެސް ވަނީ ފެށިފައި އެވެ.