ހަބަރު

ރައީސްގެ ކެމްޕޭން ދަތުރުތަކަށް ފައިސާ ނުދީގެން މޯލްޑިވިއަން އާދޭސްކުރަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް، ޕީޕީއެމްއިން ކޮށްފައިވާ ދަތުރުތަކަކަށް 4.8 މިލިއަން ރުފިޔާ އެ ޕާޓީއިން ދައްކާފައި ނުވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެ ފައިސާ ހޯދަން މޯލްޑިވިއަންއިން މިހާރު ވަނީ އީސީގެ ކިބައިން އެދިފަ އެވެ.

މޯލްޑިވިއަންއިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޕީޕީއެމްގެ މެމްބަރުން ވައިގެ މަގުން އުފުލުމަށްޓަކައި، އެ ކުންފުންޏާއި، ޕީޕީއެމްއާއި ދެމެދު 16 ސެޕްޓެމްބަރު 2018 ގައި އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، ޕީޕީއެމްއިން އެޑްވާންސްކޮށް، 4.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ ނަމަވެސް އެ ފައިސާ ހޯދަން އެކި ފަހަރުމަތިން އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީއިން ފައިސާ ދީފައި ނުވާ ކަމަށެވެ.

އެހެން ކަމުން މޯލްޑިވިއަންއިން އީސީގެ ކިބައިން އެދިފައި ވަނީ ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދޭ ފައިސާއިން އެ އަދަދު އުނިކޮށް ދިނުމަށް ފަހު ޕީޕީއެމްއަށް ފައިސާ ދޫކޮށްދިނުމަށެވެ.

އިލެކްޝަންސްގެ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ، މޯލްޑިވިއަންއިން އެދިފައިވާ ގޮތަށް އެ ފައިސާ އުނިކުރުމަކީ އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. އެކަމުގައި