ހަބަރު

ފުވައްމުލަކު މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ރޭ ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަހަމްކޮށްލި މައްސަލަގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ އަހުމަދު އިނާން އެވެ. އޭނާއަށް ހަމަލާދީފައިވަނީ ގޭތެރޭގައި ހުއްްޓަ އެވެ. އެހާދިސާ ހިނގާފައިވަނީ ރޭ 20:50 އެހާއިރެވެ.

ފުލުހުން ބުނީ، އެމައްސަލާގައި 21 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ރޭ ވަނީ 15 އަހަރުގެ ކުއްޖެއްވެސް ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ރޭ ވަޅި ޖަހައިގެން ޒަހަމްވި ޒުވާނާގެ ހާލު ސިރީއަސް ކަމަށާއި އޭނާއަށް ދަނީ ވެންޓެލޭޓާގެ އެހީގައި ފަރުވާ ދެމުންނެވެ.