ހަބަރު

އައްޑޫ ސިޓީގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަނީ

Nov 2, 2018
6

ރާއްޖޭގެ ބައެއް ރަށްރަށަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަންނަމުން ދާ ކަމަށެވެ. އެހެންކަމުން ފެން ހިންދުމާއި ގެތަކަށް ފެން ނުވަންނަ ގޮތް ހެދުމަށް އައްޑޫގައި ހުންނަ ފަޔަ އެންޑް ރެސްކިއޫ ސިފައިން ހަތަކާތްތެރިވާ ފަށާފައިވާ ކަމަށެވެ.

މިދުވަސް ވަރު ކުރާ ވާރޭގައި މީގެ ކުރިން ބައެއް އެހެން ރަށްރަށުގައި ވެސް ފެން ބޮޑުވި އެވެ. އަދި މާލޭގެ މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެން ބޮޑުވެގެން ދިޔަ އެވެ.