ވިޔަފާރި

ސުވިސް އިންޓަނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގައި ރާއްޖެ

Nov 2, 2018

ސުވިޒަލޭންޑުގައި ކުރިއަށްދާ ސުވިސް އިންޓަނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގައި (އެސްއައިއެޗްއީ 2018) ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި ސުވިޒަލޭންޑުގެ ލުގާނޯގައި ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ޑެލިގޭޝަންގެ ހެޑެއްގެ ގޮތުގައި ބައިވެރިވަނީ އެ ކުންފުނީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު ކަމަށެވެ. މި ފެއާ ކުރިއަށްދަނީ މިމަހުގެ 1-4 ގެ ނިޔަލަށެވެ.

އެ ކުންފުނިން ބުނީ މި ފެއާ އަމާޒުކޮށްފައިވަނީ އިޓަލީ ހިމެނޭ ސަރަހައްދުން މީހުން އަންނަ ގައުމުތަކަށް ކަމަށެވެ.

ސުވިޒަލޭންޑަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 22،151 މީހުން އައިސްފައިވެ އެވެ. މިދީ މިދިޔަ އަހަރާ އަޅާބަލާއިރު 2.4 ޕަސެންޓުގެ އިތުރު ވުމެކެވެ.