ރިޕޯޓް

މަންމަގެ ނަސީބު ކޯކް ފުޅިން، ނަހާ ސިންޕޫރަށް!

Jun 15, 2015

ސިންގަޕޫރަށް ދިއުމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ވެސް ނޫނެވެ. މިކަމަށްދާ ހަރަދުވެސް ބޮޑެވެ. ނަމަވެސް އައިޝަތު ނަހާގެ ނަސީބު ވަރަށް ގަދަ އެވެ. އޭނާ އަށް މި ނަސީބު ލައްވައިލީ މަންމަ ގަތް ކޯކު ފުޅިއަކުންނެވެ. މި ނަސީބާއެކު ނަހާ ހުރީ ހެވިފަ އެވެ. އޭނާއަށް ނުހެވޭނެ ސަބަބެއް ނެވެ. ހިލޭ ސިންގަޕޫރެއް ލިބުނީ އެވެ. ކޮކާކޯލާގެ މި ދަތުރުގައި މަންމައާއެކު ނަހާ ސިންގަޕޫރަށް ދިޔަ އެވެ.

"މަންނަ ވަރަށް ކޯކު ގަންނާނެ. ކޯކު ބޯހިތުން. އެގޮތަށް ގަތް ކޯކު ފުޅިއެއްގެ މަތިގަނޑު މެސެޖުކޮށްގެން މި ނަސީބު ލައްވާލީ،" ކޮކާކޯލާ ސިންގަޕޫރު ދަތުރު ލައްވާލި ނަހާ ބުންޏެވެ.

މި ދަތުރުގައި ނަހާ ދަނީ މަންމައާއެކުގަ އެވެ. އޭނަ ބުނި ގޮތުގައި މިފަދަ "ނަސީބެއް" އަދި ނުލިބެ އެވެ.

"ވަރަށް ކުޑައިރު ލިބުނު ހެންހީވަނީ. މި ނަސީބު ލިބުމުން ވަރަށް އުފާވި،" ނަހާ ބުންޏެވެ.

ކޮކާ ކޯލާގެ ބުއިންތައް ރާއްޖޭގައި ވިއްކާތާ 25 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ހަ މީހަކަށް ސިންގަޕޫރު ދަތުރު ދީފައިވެ އެވެ. މި ދަތުރުގެ ބައިވެރިން ދަނީ ސިންގަޕޫރުގައި އުފާ ކުރަމުންނެވެ. ސިންގަޕޫރަށް ދިއުމާއި އެ ގައުމުގެ މުހިންމު ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް މި ބައިވެރިންނަށް ކޯކު ކުންފުނިން ހިލޭ ދީފައިވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ޔުނިވާސަލް ސްޓޫޑިއޯ އާއި ޑިޒްނީ ޕާކް ފަދަ ތަންތަނަށް ދެވޭނެ އެވެ.

ބައެއް ބައިވެރިންނަށް މި ދަތުރު ލައްވައިލީ އެންމެ މަތިގަނޑަކުންނެވެ. ނަމަވެސް ބައެއް މީހުން ދަތުރު ހޯދަން ގިނަ މަސައްކަތެއް ކުރި އެވެ. އެތަން މެސެޖެއް ކުރި އެވެ. އެފަދަ އެކަކީ އަހުމަދު އަޝްރަފެވެ. އޭނާއަށް މި ދަތުރު ލިބުނީ 58 މަތިގަނޑު ހޯދައިގެންނެވެ. އޭނާ މި ދަތުރު ހޯދުމަށް ތިން މަތިގަނޑު މެސެޖު ކުރި އެވެ.

އޭނާ ބުނި ގޮތުގައި މިއީ ކޯކު ދިން ވަރަށް "ސަޅި ފުރުސަކެވެ"

"ކޮންމެ މީހަކީ ވެސް ނަސީބުވެރިއެއް. މި ނަސީބު ކޮންމެ މީހަކަށް ވެސް ލިބިދާނެ. އެހެންވެ ބުނާނެ އެއްޗެއް ވެސް ނޭނގުނު. އިރާދަކުރެއްވީތީ އަޅުގަނޑަކަށް ލިބުނީ،" އުފަލުން ހެވިފައި ހުރި، އަޝްރަފު ބުންޏެވެ.

ސިންގަޕޫރު ދަތުރު ލިބުނު ބައެއް ބައިވެރިންނަށް "ނަސީބު" ލައްވައިލީ ނޭނގި ހުއްޓަ އެވެ. އެފަދަ އެކަކީ އައިމިނަތު މިޒްނާ އެވެ.

އޭނާ ބުނީ މިފަދަ ފުރުސަތެއް ދުވަހަކު ވެސް ނުލިބޭނެ ކަމަށެވެ. މިޒްނީ އަދިވެސް ހުރީ ހައިރާން ކަމުގަ އެވެ.

"ފުރަތަމަ ނޭނގެ މިކަހަލަ ކަމެއް (ޕްރޮމޯޝަނެއް) އުޅޭ ކަމެއް. އެހެންވެ ކޯކު ބޮއިފައި މަތިގަނޑު އެއްލާނީ. ވަރަށް ފަހުން އެނގުނީ. އެނގިގެން ހިތައް އެރީ ގޮތް ބަލާލަން ވެއްޖެއޭ. މިހެން ހިތައް އަރާފަ މެސެޖު ކުރީ،" މިޒްނާ ބުންޏެވެ.

ކޯކު ބޮއިގެން ލިބުނު ދަތުރުގައި ބައިވެރިން، ސިންގަޕޫގެ މުހިންމު ތަންތަނަށް ދާނެ އެވެ. ކޮކާ ކޯލާއިން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު "ނަސީބު" ތައް އަންނާނެ އެވެ.