ހަބަރު

އަށް މީހަކު ހައްޔަރުކޮށް، އައިޔޫއެމް އިން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައިފި

މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ އިން ވަގަށް ނެގި ލްޕެޓޮޕްތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އައިޔޫއެމްއަށް ބަޔަކު ވަގަށް ވަދެ އެތަނުގެ ބައެއް ލެޕްޓޮޕްތައް ވަގަށް ނަގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން މިއަދު ބުނީ، އައިޔޫއެމްގެ ހަތަރުވަނަ ބުރީގައި ހުރި ލެޕްޓޮޕްތަކެއް ވަގަށް ގެންގޮސްފައި ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދިވެހި ތިން ފިރިހެނަކާއި ފަސް ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. ދިވެހި ތިން
ފިރިހެނުންނަށް 10 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، ބިދޭސީ ފަސް މީހުން އިމިގްރޭޝަނާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.