ހަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

Nov 6, 2018

މަސްތުވާތަކެތި ހިމެނޭ 700 އަށްވުރެ ގިނަ ރަބަރު ޕެކެޓާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ހޯރަފުށީގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، ހޯރަފުށި މަގުމަތިން އެ މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިކުރުމުން، އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރޭޑިއޯއެއް ރޫޅާ ބެލިއިރު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 746 ކުދި ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ޕްޓްރޯލްތަކުގައި އިއްޔެވެސް ވަނީ ޅ ނައިފަރުން މަސްތުވާ ތަކެއްޗާއެކު 18 ނުފުރޭ ކުޑަކުއްޖަކު ހައްޔަރުކޮށްފަ އެވެ. ނައިފަރުން ހައްޔަރުކުރި އެ ކުއްޖާއަކީ އެރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ކުއްޖެކެވެ. އޭނާގެ އަތުން މަސްތުވާތަކެތި ހުރި 29 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ފުލުހުން ދަނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.