ލައިފްސްޓައިލް

ބްލޮކް ހީލްސް ވައްޓާލުމަށް ފަހު ތިރި ފައިވާން!

ދިވެހި ޒުވާން އަންހެން ކުދިންނަކީ ހެދުން އެޅުމާއި ޒީނަތްތެރި ވުމުގައި އެންމެ ފަހުގެ ފެޝަނަށް ލޯބިކުރާ ބައެކެވެ. ކުރީގެ ސްޓައިލްތައް އަލުން ގެނެސް، ޒަމާނީ ކުލަވަރު ޖައްސާ ބޭނުންކުރެ އެވެ. ގޮޅި ޖެހި ގަމީހާއި ފަށުވި މާގަނޑުތަކުން ޖީންސާއި ދަބަސް ވެސް ޖަރީކުރި ދުވަސްކޮޅެއް ދިވެހިންގެ ތެރޭގައި ދިޔަ އެވެ. މިފަހަރު ދައްކަން މިއުޅެނީ ދުވަސްކޮޅެއް ކުރިން މަޝްހޫރުކަން ހޯދި ބްލޮކް ހީލް ވައްޓާލާ ކުރި ހޯދި ފައިވާނުގެ ވާހަކަ އެވެ.

މިކަހަލަ ފައިވާންތަކެއް ވަށް ބުރަކަށް އަތުރާލައި ހުންނަ ސޯޝަލް މީޑިއާގެ ޕޯސްޓްތައް ވެސް އެހާމެ ގިނަ އެވެ. ސާދާ ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ފައިވާނުގެ މަގުބޫލުކަން ދިވެހިން ހޯދީ މިއަހަރު އެވެ. އެހެންނަމަވެސް، މީގެ ފައިވާން ތަށް އެކި ޕޭޖްތަކުންނާއި ވެބްސައިޓްތަކުން ވިއްކާތާ މިހާރު ދެތިން އަހަރު ވެދާނެ އެވެ. ސޯޝަލް މީޑިއާ އިން މި ފައިވާން ވިއްކާ ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި، މީޒާތުގެ ފައިވާނަށް އޮންނަ ޑިމާންޑް މިހާރު ބޮޑުވެ ކޮންމެ މަހަކުހެން އާ ސްޓޮކް ގެންނަން އޮންނަނީ ޖެހިފަ އެވެ. އަދި، އެންމެ ގިނައިން ވިކެނީ ރޫބީ ބްރޭންޑްގެ ފައިވާން އެވެ.

"އާއްމުކޮށް ގެންނައިރު އެެއްްޑިޒައިނަކުން ނުގެނެސް ބަލަނީ އެކި ކަހަލަ ޑިޒައިންތަށް ގެނެވޭތޯ. ކޮންމެ މަހަކު ރީ ސްޓޮކް ކުރާާއިރު ނުވިކި ހުންނާނީ ބޮޑެތި ސައިޒުތަށް އެކަނި. އެހެން ނޫނީ ހަމަ ގެންނަތަނުން ހުރިހާ އެއްޗެއް އޮންނަނީ ވިކި ހުސްވެފައި،" ފައިވާނުގެ ވިޔަފާރި ކުރާ، ލަފޭމްގެ އޮފިޝަލަކު ބުންޏެވެ.

އާއްމުކޮށް ގެންނައިރު އެެއްްޑިޒައިނަކުން ނުގެނެސް ބަލަނީ އެކި ކަހަލަ ޑިޒައިންތަށް ގެނެވޭތޯ. ކޮންމެ މަހަކު ރީ ސްޓޮކް ކުރާާއިރު ނުވިކި ހުންނާނީ ބޮޑެތި ސައިޒުތަށް އެކަނި. އެހެން ނޫނީ ހަމަ ގެންނަތަނުން ހުރިހާ އެއްޗެއް އޮންނަނީ ވިކި ހުސްވެފައި
ލަ ފޭމް

މީގެ ފައިވާންތަކަށް ލިބޭ ތަރުހީބު އިތުރުވެފައިވަނީ މި ފައިވާން ތަކަކީ ފަޔަށް ފަސޭހަވެފައި އަޅައިގެން ހުންނަ ހެދުމާ ގުޅުވާލަންވެސް ފަސޭހަ ފައިވާނަކަށް ވާތީ އެވެ. މިފައިވާނުގެ އަގު އުޅެނީ. 200 ރުފިޔާއިން ފެށިގެން 400 ރުފިޔާއާ ދެމެދުގަ އެވެ.

ބޭރު ގައުމުތަކުގެ މަޝްހޫރު މޮޑެލުންގެ ބްލޮގްތަކުގައި މި ފައިވާނުގެ ފޮޓޯ ހިއްސާ ކުރަމުންދާއިރު ރާއްޖޭގެ ޒުވާން އަންހެން ކުދިންވެސް ދަނީ މީގެ ފައިވާނަށް އަރައި ފަރި ފޮޓޯތަށް ނަގައި ސޯޝަލް މީޑިއާއަށް ދޫކުރަމުން އެވެ.