ހަބަރު

އައްޑޫ ލިންކު ރޯޑުގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ލިންކު ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދުގެ 11:50 ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގާ ޖެހި ކާރު ފުރޮޅާލައި ފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ ލިންކު ރޯޑުން ކުނި ކޮށީ އިރުމަތީ ފާރު ކަަންމަތިން ކަމަށާއި އަދި އޭގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

އެ މީހުންނަށް މިހާރު ހޮސްޕިޓަލުން ފަރުވަ ދެމުން އެބަދެ އެވެ.