ހަބަރު

ޖޭޕީގެ ޕީޖީ ލީޑަރު ކަމުން ގާސިމް ދުރުވެ، ރިޔާޒު އައްޔަންކޮށްފި

Nov 12, 2018

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވައިފި އެވެ.

ގާސިމް މިއަދު ވިދާޅުވި ގޮތުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އޭނާ އިންތިހާބުކޮށްފައިވާތީ އެވެ.

ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމަށް އެ ގުރޫޕްގެ މެންބަރުންގެ ރުހުމާއެކު މިހާރު ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އައްޔަންކުރަން ނިންމާފަ އެވެ. އޭނާއަކީ އެ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ކުއްލި ނުކުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރުކުރުމުން އޭނާގެ ބަދަލުގައި ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނެވެ.