ހަބަރު

މަހުލޫފް އުފަލާއެކު އެމްޑީޕީއަށް ސޮއިކޮށްފި

Nov 12, 2018
5

ގަލޮޅު ދެކިނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް، އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އޭނާ އެކަން ޔަގީންކޮށްދެއްވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާގެ މެންބަޝިޕް ފޯމް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސީލިހު، އިބޫއާ ހަވާލުކުރާ ފޮޓޯވެސް މަހުލޫފް ވަނީ އެ ޓްވީޓްގައި ހިމަނުއްވާފަ އެވެ. މަހުލޫފް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީގެ އާއިލާގެ ބައިވެރިޔަކަށް ވެވުނީތީ އުފާކުރަން،" މަހުލޫފް ޓްވީޓް ކުރެއްވި އެވެ.