ދުނިޔެ

މާސްގައި މީހުން އާބާދުކުރަން އަދިވެސް 25 އަހަރު ނަގާނެ: ނާސާ

މާސް. ފޮޓޯ: ބީޖީއާރް
0%
0%
0%

މީގެ 25 އަހަރު ފަހުން މާސްގައި އިންސާނުން ދިރިއުޅޭނެ ކަމަށް އެމެރިކާގެ، ޖައްވީ އިދާރާ ނާސާއިން ލަފާކޮށްފި އެވެ.

25 އަހަރު ފަހުން އިންސާނުންނަށް މާސްގައި ދިރިއުޅެވޭނެކަން އެ އިދާރާއިން ލަފާކުރި ނަމަވެސް، އެކަން ހާސިލް ކުރުމަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށް ނާސާއިން ބުނެ އެވެ. ނާސާއިން ލަފާކުރާ ގޮތުގައި މާސްއަށް ދިއުމަށް 225 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ކަނޑަތުކުރަން ޖެހެ އެވެ. މިހާރު ހުރި ރޮކެޓްގެ ސްޕީޑަށް ބަލާއިރު މާސްއަށް ވާސިލްވާން ގާތްގަނޑަކަށް ނުވަ މަސްދުވަސް ނަގާނެ ކަމަށް ނާސާއިން ލަފާކުރެ އެވެ. ނާސާއިން ބުނާ ގޮތުގައި ދަތުރުމަތީ މިހާ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ދިމާވާ މައްސަލަތަކަކީ ބޮޑު ގޮންޖެހުމެކެވެ.

އޭގެ ސަބަބުން ލޮލުގެ ފެނުން ބަލިކަށިވެ އެވެ. އަދި ކަށީގައި އެކުލެވޭ އެންމެ މުހިންމު އެއް މާއްދާ ކަމަށްވާ ކެލްސިއަމް މަދުވެ ކަށި ފީވެ އެވެ. މި މައްސަލަތަކުގެ ހައްލަކީ މާސްއަށް ދިއުމަށް ހޭދަވާ ނުވަމަސް ދުވަސް ކުޑަ ކުރުން ކަމަށް ނާސާއިން ބުނެ އެވެ. އެކަމަށް އާ އީޖާދުތައް ކުރުމަށް ނާސާއިން މިހާރު ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910