ވިޔަފާރި

ނަސަންދުރަ ހިންގާ ކުންފުނިން ހުޅުމާލޭގައި ރެސިޑެންސެއް އަޅަނީ

Nov 14, 2018

ނަސަންދުރަ ޕެލަސް ހޮޓެލް ހިންގާ ކުންފުނިން ހުޅުމާލޭގައި ރެސިޑެންސެއް އަޅަން ނިންމައި، އެ މަޝްރޫއު ލޯންޗް ކޮށްފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "އަކުއާ ވިތާ ރެސިޑެންސް" ލޯންޗް ކޮށްފައިވާއިރު، މި އިމާރާތް އަޅާ މި އިމާރާތުގައި 14 ބުރި ހުންނައިރު، މިތަނުގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ.

ހުޅުމާލެ ކުރެދިމާ ހިންގުމުގައި ހަދާ މަތީ ފަންތީގެ މި ރެސިޑެންސް ބިލްޑިންގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމަންޓް ހުންނާނެ އެވެ. މިތަނުގައި ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރި ހިމެނެ އެވެ. އަދި މިތަނުގައި ސުވިމިން ޕޫލާއި ޖިމް އަދި ކުޑަކުދިންގެ ޕޫލް ހުންނާނެ އެވެ.

މަތީ ފަންތީގެ މި ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކާ އަގު އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭގައި މަތީ ފަންތީގެ ރެސިޑެންސް އިމާރާތެއް އަޅަން މަޝްރޫއު ލޯންޗް ކުރިއިރު، ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ދަނީ މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.