އޮފްބީޓް

ރާމާމަކުނެއް 12 ދުވަސްވީ ތުއްތު ކުއްޖަކު މަރާލައިފި

އިންޑިއާގެ އާގްރާގައި ރާމާމަކުނެއް، 12 ދުވަސްވީ ތުއްތު ކުއްްޖަކު މަރާލައިފި އެވެ.

އާގްރާގެ ޕޮލިސް އެސިސްޓަންޓް ސުޕްރިޑެންޓަންޓް އަބީޝޭކް ބުނީ އެ ކުއްޖާ ޖަހައިގަނެގެން ގެންދިޔައީ އެ ކުއްޖާގެ މަންމަގެ އުނގުގައި އޮއްވާ ކަމަށެވެ. ރާމާމަކުނު އެކުއްޖާ ގޮވައިގެން ދާން ފެށުމުން އަވަށްޓެރިންވަނީ ރާމާމަކުނު ފަހާދުވެ ގަލުން ހަމަލާދީފަ އެވެ. ފުލުހުން ބުނީ، އެ ކުއްޖާ ފެނިފައިވަނީ މީހުން ނޫޅޭ ފަޅު ގެއެއްގެ ޓެރަސް މައްޗަށް އެއްލާލާފައި އޮއްވާ ކަމަށާއި، ފެނުނު އިރު އެ ކުއްޖާގެ މޫނުގެ އެކި ތަންތަނުގައި ދަތް އަޅައި ހަމަލާ ދީފައިވާކަމަށެވެ. އަދި ފެނުނު އިރުވެސް އެ ކުއްޖާ ވަނީ މަރުވެފަ އެވެ.

އިންޑިއާގެ އެެކި ސަރަހައްދުތަކުގައި ރާމާމަކުނުގެ އުނދަގޫ ކުރިމަތިވާއިރު، އެންމެ ގިނައިން މިކަހަލަ ހަމަލާތައް ދިމާވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އިންނެވެ. ދިއްލީ ސަރުކާރުން ބުނެފައިވާ ގޮތުގައި، 2016 ވަނަ އަހަރު ރާމާމަކުނު ދަތް އެޅުމުގެ 268 މައްސަލަ ވަނީ ރިޕޯޓު ކުރެވިފަ އެވެ.