ހަބަރު

ފައިނުގައި އެއާޕޯޓް ނާޅާނަމަ، މީހުން ބަދަލުކުރަން ޖެހޭ: އާދަމް ޝަރީފް

Nov 17, 2018
3
ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

ދެމެހެއްޓެނިވި ގޮތެއްގައި ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގޭނީ މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ތަންތައް އެއްފަސް ކުރުމުގެ ސިޔާސަތު ތަންފީޒު ކޮށްގެން ކަމަށާއި އެއާޕޯޓެއް ރ. ފައިނުގައި ނާޅާނަމަ، އެ ރަށުން މީހުން ބަދަލުކުރަންޖެހޭ ކަމަށް ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ފޭސްބުކް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ނުވަތަ ގެއްލުން ކުޑަވާނޭ ގޮތަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓް އަޅާނެ ކަަމަށް އުންމީދުކުރާ ކަމަށެވެ. ރ. އަތޮޅުގެ ދެކުނު ފަރާތުގައި އެއާޕޯޓެއް ނާޅައި ރިސޯޓްތަކާއި ލޯކަލް ޓުއަރިޒަމް ރަނގަޅަށް ނުހިންގޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަނީ ގިނަ އެއާޕޯޓް އަޅުއްވާނެ ކަމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެހިޔާލު ކަމުނުދާ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ފައިނުގައި އެއާޕޯޓް ނާޅާނަމަ އެ ރަށު މީހުން ބަދަލުކުރަން ޖެހޭނެ ކަމަށާއި ނޫނީ އެ ރަށަށް އެހެން ރަށްރަށުން މީހުން ގެންނަން ޖެހޭނެ ކަމަށެވެ.

"ލާމަރުކަޒީ އުސޫލުން ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރު ހިންގަން ބޭނުންވާނަމަ މާލެ ނުވަތަ ހުޅުމާލެ ނޫން ތަންތަނުގައި އެއްފަސް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެއްފަސް ކުރުމުގެ ސިޔާސަތު ތަންފީޒު ކުރެވޭނީ ލާމަރުކަޒީ ވިސްނުމާއި އެމަހްފޫމަށް ރައްޔިތުން އަހުލުވެރިކޮށް ބާރުވެރިކޮށްގެން ކަމަށެވެ.

ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގަން އިބޫގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ކައުންސިލްތަކަށް ބާރުދީ ރަށްތައް ތަރައްގީ ކުރުމަށް ކައުންސިލްތަކަށް ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރ. ފައިނު

ފައިނުގައި އެއާޕޯޓް އެޅުމަށް ހިޔާލުތަފާތުވެފައިވާއިރު، އާ ސަރުކާރުން އެކުލަވާލައިި މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ފައިނު އެއާޕޯޓް އަޅަން ހިމަނާފައެއް ނުވެ އެވެ. އެއާޕޯޓް އެޅުމަށްޓަކައި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ އައިލެންޑް އޭވިއޭޝަނުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއަށް ފޮނުވާފައިވާ އީއައިއޭ ބަލައިނުގަންނަން އީޕީއޭއިން ވަނީ ނިންމާފަ އެވެ.

އައިލެންޑް އޭވިއޭޝަނުން އީޕީއޭއަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ގޮތުން އެއާޕޯޓްގެ މަސައްކަތަކަށް އެރަށުން 5،000 އަށްވުރެ ގިނަ ގަސް ކަނޑަަން ޖެހެ އެވެ. އެކަމާ ގުޅިގެން ރަށް ހަލާކުކޮށްލައިގެން އެއާޕޯޓް އެޅުމާ ދެކޮޅަށް އެ ރަށުގެ ބައެއް ރައްޔިތުން ވަނީ އަޑުއުފުލާފަ އެވެ. އަދި ދައުލަތުގެ ބައެއް އިދާރާތަކަށް ޕެޓިޝަން ވެސް ހުށަހެޅި އެވެ.

ފައިނުގައި އަޅަން ނިންމީ ދިގުމިނުގައި 1320 މީޓަރު ހުންނަ، ފުޅާ މިނުގައި 30 މީޓަރުގެ ރަންވޭއަކާއި، 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް އޮންނަ ގޮތަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345