ހަބަރު

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމިއްޖެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ދައުރު ނިމިއްޖެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސެއްގެ ދައުރަކީ ފަސް އަހަރެވެ.

ރައީސް ޔާމީން، ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2013 ވަނަ ދުވަހުގެ މެންދުރުފަހު 1:20 ހާއިރު އެވެ.

އެހެންކަމުން ގާނޫނީ ބޭފުޅުން ދެކެނީ މިހާރު ވަނީ ރައީސް ޔާމީންގެ ފަސް އަހަރު ހަމަވެފަ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރު މިހާރު ވާނީ އުވިފަ އެވެ. ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާރު ހިދުމަތެއް ވެސް ނުދެ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ މިއަދު ހަވީރެވެ. އެމަނިކުފާނު ހުވާ ކުރެއްވުމުގެ ނިޔަލަށް މިވަގުތު ގައުމުގެ އެންމެ އިސްވެރިޔަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

އިބޫ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ ސަރުކާރު އެކުލަވާލަން ވެސް ވަނީ ނިންމަވާފަ އެވެ.