ހަބަރު

ކެބިނެޓް އިއުލާން ކުރުން އޮންނާނީ މިރޭ

Nov 17, 2018

އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު، އެމަނިކުފާނު އެކުލަވައިލައްވާ ސަރުކާރުގެ ކެބިނެޓް މަޖިލީހަށް އައްޔަންކުރުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިރޭ ރައީސް އޮފީހުގައި ކެބިނެޓްގެ މިނސްޓަރުންގެ ގާނޫނީ ހުވާކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަނު ކުރައްވަނީ އެޓާނީ ޖެނެރަލްގެ އިތުރުން، 19 މިނިސްޓަރުންނެވެ.

މިނިސްޓަރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.