ހަބަރު

ހޯމް މިނިސްޓަރަކަށް އިމްރާން ހަމަޖައްސައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހޯމް މިނިސްޓަރަކަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހަމަޖައްސައިފި އެވެ.

އިމްރާނަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަންގައި އަދާލަތު ޕާޓީގެ ފަރާތުން ހުންނެވި ލީޑަރެވެ. ކެބިނެޓްގެ މުހިންމު މަގާމެއް އިމްރާންއަށް ދެއްވާފައިވާއިރު ލީޑަރުންގެ ތެރެއިން ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ އިމްރާނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާގައި" ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލި އެވެ. އެ ހުކުމަށް މީގެ ކުރިން ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރަން ފަސް ސުޕްރީމް ކޯޓުން މިފަހުން ވަނީ އަމުރުކޮށްފަ އެވެ.

ރައީސް ސޯލިހުގެ ކެބިނެޓަށް އިމްރާން އައްޔަން ކުރައްވާފައިވާއިރު ރައީސް އެންމެ މަތީ މަޝްވަރާ ހޯއްދައްވާނީ ހަތަރު ލީޑަރުންގެ ފަރާތުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.