ވިޔަފާރި

އާ ސަރުކާރުން 100 ދުވަހުގެތެރޭ އެސްއެމްއީ ބޭންކު ފަށަނީ

މާލޭގައި ހުޅުވާފައިވާ ފިހާރައެއް: އާ ސަރުކާރުން 100 ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ހަދަން ވަނީ ނިންމާފައި- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
100%

އާ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުދި އަދި މެދު ވިޔަފާރިއަށް ހާއްސަކޮށް ބޭންކެއްގެ ހިދުމަތް ފަށަން ނިންމައިފި
އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގައި ކުރާނެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވިޔަފާރީގެ ބައިގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ހިދުމަތް ދޭން ފެށުން ހިމެނެ އެވެ.

މީގެ އިތުރުން 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ވިޔަފާރިތަކަށް ދަތިވާގޮތަށް ސަރުކާރުން/އެކިއެކި މުއައްސަސާތަކުން ހަދާފައިހުރި ގަވައިދުތައް ބަދަލުކުރެވި، ގަވައިދުން ރިވިއުކުރެވެމުން ގެންދެވޭނެ އެވެ. މީގެ އިތުރުން 24 ގަޑި އިރު ވިޔަފާރި ހުޅުވޭ އުސޫލު ކަނޑައެޅުން ހިމެނެ އެވެ. މީގެ އިތުރުން ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހާއްސަ އުސޫލެއް އެކުލަވާލެވޭނެ އެވެ.

ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކޮށްދޭނެ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި ކޮންސިއުމަރާ ޕްރޮޓެކްޝަން ގާނޫނު މަޖިލިހަށް ހުށަހެޅުމާއި އެންޓިޓްރަސްޓް ގާނޫނު މަޖިލިހަށް ހުށައެޅުން ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910