ހަބަރު

މިނިސްޓަރު އިމްރާން ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި

އިއްޔެ ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިމްރާން އަބްދުﷲ ފުލުހުން އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.

މިރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް، ސީޕީ ހަމްދޫން ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މިނިސްޓަރުގެ ހައިސިއްޔަތުން އިމްރާން ކުރެއްވި ފުރަތަމަ މަސައްކަތެވެ.

އިމްރާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަންގައި އަދާލަތު ޕާޓީގެ ފަރާތުން ހުންނެވި ލީޑަރެވެ. ކެބިނެޓްގެ ހޯމް މިނިސްޓަރުކަން އިމްރާންއަށް ދެއްވާފައިވާއިރު ލީޑަރުންގެ ތެރެއިން ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ އިމްރާނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި "މޭޑޭ މުޒާހަރާގައި" ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލި އެވެ. އެ ހުކުމަށް މީގެ ކުރިން ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރަން ފަސް ސުޕްރީމް ކޯޓުން މިފަހުން ވަނީ އަމުރުކޮށްފަ އެވެ.