ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އައިޖީއެމްއެޗްގައި އަދީބުގެ އޮޕަރޭޝަނެއް ކުރަނީ

Nov 19, 2018
6

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ކުރި ޓްވީޓެއްގައި ބުނީ، މިއަދު ހެނދުނު 8:30 ގައި އަދީބު އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސްފައިވާ ކަމަށެވެ. މިއަދު ކުރާ އޮޕަރޭޝަނަކީ ނަޝްވާ ބުނި ގޮތުގައި އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނެގުމުގެ އޮޕަރޭޝަނެކެވެ. އޭނާ ބުނީ، އަދީބު ބޭނުންފުޅު ވަނީ ރާއްޖެއިން ލިބެން ހުރި ކޮންމެ ފަރުވާއެއްގެ ވެސް ބޭނުން ހިފަން ކަަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައި ނޫނީ ބޭސްފަރުވާއަށް ރާއްޖެއިން
ބޭރަށް ދިޔުމަށް އަދީބު ބޭނުންފުޅު ނުވާ ކަމަށެވެ.

"ހުރިހާ އެންމެން ވެސް އަދީބުގެ އޮޕަރޭޝަން ކާމިޔާބުވުމަށް ދުއާކޮށްދެއްވާ،" ނަޝްވާ ބުންޏެވެ.

އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެވެ. އަދީބަށް ތަފާތު ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އަދީބުގެ އެތެރެ ހަށީގައި ސިސްޓު އަދި ހިލަަތަކެއް އުފެދި ސިއްހީ ހާލު މާ ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާގެ ސީޓީ ސްކޭނުން ދައްކާ ކަމަަށް އަދީބުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.