ހަބަރު

ވިލިނގިލީ ބެންކު ފަޅާލި މައްސަލާގައި 6 މީހަކު ހައްޔަރުކޮށް ފައިސާތައް ހޯދައިފި

ގއ. ވިލިނގިލީގައި ހުންނަ ބީއެމްއެލްގެ ބްރާންޗު ފަޅާލި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށް ފައިސާތައް ފުލުހުން ހޯދައިފި އެވެ.

ވިލިނގިލީ ބެންކުގެ ފުރާޅު ނަގައިގެން އެތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުން މިރޭ ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަ މީހަކު ހޯދާ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އިންޓެލިޖެންސްއާ ގުޅިގެން ހިންގި އޮޕްރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށެވެ.

އެ މައްސަލާގައި ވަގަށް ނަގާފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ ހުރިހާ ފައިސާއެއް ހޯދުނު ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ވިލިނގިލީ ބެންކުގެ ފަޅާލި މައްސަލަ ފުލުހުން ތަހުގީގު ކުރާތީ އެ ބެންކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.