ބޮލީވުޑް

ޝިލްޕާ ޝެޓީ ރާއްްޖޭގައި

ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންޑްރާ ރާއްޖެ އަތުވެއްޖެ އެވެ.

ޝިލްޕާ ޝެޓީ އާއި ރާޖް ކުންޑްރާގެ ކައިވެންޏަށް މާދަމާ ނުވަ އަހަރު ވާއިރު، މި ފަހަަރު ރާއްްޖެ އައީ ދެ މީހުންގެ ނުވަ އަހަރުވީ ކައިވެނީގެ އުފާ ފާޅު ކުރުމަށެވެ. ޝިލްޕާ ވަނީ އެއާ ޓެކްސީއަށް އަރާފައި، ނަގާފައިވާ ދެ މީހުންގެ ސެލްފީ އެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އަދި އެ ފޮޓޯގައި "އެނިވާސަރީ ބްރޭކް، ހިއާ ވީ ކަމް މޯލްޑިވްސް" ޖަހާފައިވެ އެވެ. އަދި އެއާ ޓެކްސީ ޖެއްސި ވަގުތާއި ރިސޯޓުގެ ސްޕާއަށް ވަންނަމުންވެސް ފޮޓޯ ނެގުމަށް ފަހު ވަނީ ހިއްސާ ކޮށްފަ އެވެ.

ރާއްޖެ އަންނަމުން ފޮޓޯ ހިއްސާކުރި ނަމަވެސް ޝިލްޕާ ހުންނަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނުބުނެ އެވެ. މި ކައިވެންޏަށް ނުވަ އަހަރު ވާއިރު މި ދެ ތަރިންނަށް ވަނީ މިހާރު ކުއްޖެއް ވެސް ލިބިފަ އެވެ. މި އަހަރުގެ މާޗު މަހުގައި ވެސް ޝިލްޕާ ވަނީ ރާއްޖެ އައިސްފަ އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ތަރިން އެމީހުންގެ ކައިވެނީގެ އަހަރީ ދުވަސް އަދި އުފަން ދުވަސްތައް ފާހަގަ ކުރުމަށް ރާއްޖޭގެ ރިސޯޓުތަކަށް އާދެ އެވެ. މި އަހަަރުގެ ސެޕްޓެމްބަރު މަހު ސައިފް އަލީ ޚާން އާއި އަންހެނުން ކަރީނާ ކަޕޫރު ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.