ސޮވެރިން ޑިވްލޮޕްމަންޓް ފަންޑު ރައްކާތެރި ކުރަން ގާނޫނެއް ވަރަށް މުހިންމު ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓުގެ ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ ސޮވެރިން ޑިވްލޮޕްމަންޓް ފަންޑުގައި 100 މިލިއަން ޑޮލަރު ހުރިއިރު، މި ފައިސާ ބޭނުން ކުރުމާއި ރައްކާތެރިކުރުމާ ބެހޭ ގޮތުން ގާނޫނެއް ހަދަން ޖެހޭ ކަމަށެވެ.
"މިހާރު އެމްއެމްއޭގައި ކަސްޓޯޑިއަން އެކައުންޓަކަށް މި ފައިސާ ޖަމާ ކުރަނީ. ގާނޫނެއް ނެތުމާއެއްކޮށް އެމްއެމްއޭ އާއި ފިނޭންސް ގުޅިގެން ގަވަނިން ކައުންސިލެއް ހަދާފައި މިވަނީ. މި ކައުންސިލްގައި ކުރާ މަޝްވަރާއަކީ މި ފަންޑުގައި ހުރި ފައިސާ އިންވެސްޓް ކުރާނެ ގޮތަކާމެދު،"
ކުންފުނިތައް ބަޖެޓަށް ބަރޯސާވުން ކުޑަކުރޭ!
އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރު ކުންފުނިތައް ހިންގުމަށް ފަންނީ ބޭފުޅުން ލާން ޖެހޭ ކަމަށެވެ.
ސަރުކާރުގެ ހިއްސާ ކުންފުނިތައް ބަޖެޓަށް ބަރޯސާ ވުން ކުޑަކޮށް ވިޔަފާރީގެ މޮޑެލްއެއްގެ ދަށުން ހިންގަން ޖެހޭ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަސީރު ލަފާ ދެއްވަމުން ވިދާޅުވީ ސަރުކާރު ކުންފުނިތައް ކޯޕަރޭޓް ސްޓްރަކްޗާއެއްގެ ދަށުން ހިންގަން ޖެހޭ ކަމަށެވެ. އަދި ގަވަރުނަރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ބަޖެޓަށް ބަރޯސާވުން ކުޑަ ކުރަން ޖެހޭ ކަމަށެވެ.
ނަސިރު ވިދާޅުވީ މިހާތަނަށް މި ފަންޑުގެ ފައިސާއިން ޑޮމެސްޓިކް މާކެޓާއި ބޭރުގެ މާކެޓުގައި ވެސް އިންވެސްޓް ކޮށްފައިވާނެ ކަމަށެވެ.
"މީގައި ގާނޫނެއް ބޭނުންވަނީ މިހާތަނަށް ފަންޑު ހިފެހެއްޓިފައި ހުންނަނީ ފިނޭންސް އަކާއި ގަވަރުނަރު އަދި ރައީސް ބޭނުން ވެގެން. މިހާރު ގާނޫނެއް ނެތުމުން އޮތް 103 މިލިއަން ޑޮލަރު ވެސް ބޭނުން ކުރެވިދާނެ. މިހާތަނަށް ދައުލަތުގެ ހަރަދު ހަމަޖައްސަން 103 މިލިއަން ޑޮލަރުގެ ބޮންޑް ވަނީ ވިއްކާފަ،" ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.
ގަވަރުނަރު ނަސީރު ވިދާޅުވީ މި އަހަރު ވެސް ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިދިޔަ އަހަރު ވެސް ގަވަނަރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ މިއީ އެވެ.