ވިޔަފާރި

ލޯނަށް ދެއްކި އަދަދު 900 މިލިއަން ރުފިޔާއަށްވުރެ މައްޗަށް

Oct 24, 2019
9
ރާއްޖޭގައި ލޯނު ނަގައިގެން މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ވިއާއިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ: އަވަސް
0%
0%
0%

ދައުލަތުން ނަގާފައިވާ ލޯނު ތަކަށް ދެއްކި ފައިސާގެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ލޯނު ދައްކަން 964.7 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ލޯނު ދައްކަން ކަނޑައަޅާފައިވަނީ 2,887.9 ބިލިއަން ރުފިޔާ އެވެ.

މަރުކަޒީ ބޭންކުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ ދަރަނި މިހާރު ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އަދި މި ދަރަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ އެތެރޭގެ ދަރަންޏެވެ. އެތެރޭގެ ދަރަނި 29.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.

ދިވެހި ސަރުކާރުން މި އަހަރުގެ ނިމިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ނެގި ލޯނުގެ މިންވަރަކީ 733.5 މިލިއަން ރުފިޔާ އެވެ.

ފިނޭންސުން އާއްމުކުރި މިދިޔަ އަހަރުގެ އަހަރުގެ ފަހު ކުއާޓާގެ ޑެޓް ބުލެޓިންގައި ވާ ގޮތުން 2016 އަހަރުގެ ޑިސެމްބަރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަންޏަށް ވަނީ 18 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910