ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް އިން ކޮވިޑް ސްކީމުން 100 މިލިއަން ރުފިޔާ ދޫކޮށްފި

May 12, 2020
1

"ކޮވިޑް ރިކަވަރީ ސްކީމް" އިން މިހާތަނަށް 100 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

"ކޮވިޑް ރިކަވަރީ ސްކީމް" ގައި ހިމެނޭ ބޮޑެތި ވިޔަފާރި ތަކަށް އެހީތެރިކަން ފޯރުކޮށްދޭ، ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި މިހާތަނަށް 73 ފަރާތަކަށް ލޯނު ދީފައިވެ އެވެ. އަދި މި ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 100 މިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބީއެމްއެލް އިން ފައިނޭންސްކޮށް ދެނީ ރިސޯޓްތަކުގެ އިތުރުން، އަހަރެއްގެ މައްޗަށް ޓާންއޯވާ 10 މިލިއަނަށް ވުރެ މަތިން ލިބޭ ވިޔަފާރި ތަކަށެވެ.

ބޭންކް އިން ދޭ މި ފައިނޭންސް ސްކީމު ދޫކުރަނީ އަހަރަކު 6 ޕަސެންޓުގެ އިންޓެސްޓުގަ އެވެ. މި ފައިނޭންސިން އަނބުރާ ދައްކަން މަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ. އަދި ލޯނު ދައްކަން ހަލާސް ކުރަން ތިން އަހަރު ދޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ފަރާތްތަކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ. ބީއެމްއެލް އިން ވަނީ އެ ބޭންކުގައި ހުރި ހުރިހާ ލޯނެއް ފަސްކޮށްދީފަ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް "2.5 ބިލިއަން ރުފިޔާގެ ރިލީޕް ޕެކޭޖެއް" ނެރެފަ އެވެ. މި ޕެކޭޖުގައި ކުދި ވިޔަފާރިތަކަށް އެހީވުމުގެ ބައެއްވެސް ހިމެނެ އެވެ. މިބައިން އެހީދެނީ، އެސްޑީއެފްސީ އިންނެވެ.