ހަބަރު

ޓްވީޓް މައްސަލާގައި މަހުލޫފަށް ކުށް ސާބިތެއް ނުވި

Nov 21, 2018
2
މަހުލޫފް މީގެކުރިން ކޯޓަށް ހާޒިރު ވަނީ- މުހައްމަދު އަފްރާހު | އަވަސް
0%
0%
100%

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ، ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ސާބިތނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އެ ދައުވާ ކުރީ މަހުލޫފް ކުރެއްވި ޓްވިޓާ ގުޅިގެންނެވެ.

ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ކުރިމިނަލް ކޯޓުން އެ ދައުވާ މަހުލޫފްގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާއިރު މިއަދު އަޑުއެހުން ތާވަލްކުރި ފަހުން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ވަނީ އެ މައްސަލަ އަނބުރާާ ގެންދިޔުމަށް އެދި ސިޓީއެއް ކޯޓަށް ފޮނުވާފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އެ މައްސަލާގައި އިބްތިދާއީ މަރުހަލާ ނިމިފައިވާތީ މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށެވެ.

މީގެކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ. އޭގެފަހުން ވެސް އިތުރު ދައުވާތަކެއް ވެސް މަހުލޫފަށް ކުރި އެވެ.

އެގޮތުން މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ކުރިއިރު އަދީބަށް ޒަހަރުދީ މަރާލަން އުޅޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެން ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ކުރި އެވެ. އެ ދައުވާ ވެސް ވަނީ ކުރިމިނަލް ކޯޓުން ބޭރުކޮށްލާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަގުމަތީ މިނިސްޓަރު

އަޅޭ ހާދަ ސައިޕްރައިޒޭ ތިހެންތަ ތިހުކުމްއައީ. އިންސާފޭދޯ ކޯޓުތަކުގަ ހުންނަނީ ހުދުކުލަދޯ. މަގުމަތީ މިނިސްޓަރުގެ ހުކުމް ވަރަށްބަރާބަރު.

ރއްޔިތު

ލާހިކެއްނޫން މިސަރުކާރު އޮތްހަ ހިނދަކު އެމީހުންކުރި ކުށެއް އެމީހުން ދިން ރިސްވަތެއް އެމީހުން ހިންގި ޖަރީމާއެއް ސާބިތް ކުރާކަށްފަނޑިޔާރު ގެއަކީ އެއިރެއްގަ އޮންނަސަރުކާރުން ބޭނުން ވާގޮތަށް ހުކުންކުރަންތިބޭ ރައަޔިތުންގެ ފައިސާއިން މުސާރަނަގާނެން ސަރުކާރު ބޭނުންވާގޮރަށް ހިންގާ ކަޑަތަކެއް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910