ވިޔަފާރި

ޗައިނާ ލޯނުތަކުގެ އަދަދަކީ 1.6 ބިލިއަން ޑޮލަރު: ގަވަރުނަރު

ސިނަމާލެ ބްރިޖުގައި ހުންނައިރު މާލެ ފެންނަ ގޮތް: ބްރިޖު ހުޅުވާނީ މިރޭ- ފޮޓޯ: ސިނަމާލެ ބްރިޖް
0%
0%
0%

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ ލަފާކުރެވޭ ގޮތުގައި އުޅެނީ 1.6 ބިލިއަން ޑޮލަރުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގައި ރައްޔިތުން މަޖިލީހުގެ މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޗައިނާ ލޯނުތަކުގެ އަދަދު އުޅެނީ 600 މިލިއަން ޑޮލަރުގައި އުޅޭއިރު، އެކި ކަންކަމަށް ޗައިނާގެ ބޭންކްތަކުން ލޯނު ނެގުމަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ އަދަދު 900 މިލިއަން ޑޮލަރަށް އަރާ ކަމަށް ބެލެވޭ ކަމަށެވެ.

"ނަމަވެސް ގެރެންޓީގެ ސީދާ އަދަދެއް ނޭނގެ. ޗައިނާ އެމްބެސެޑަރާ ބައްދަލުވި. މައުލޫމާތަށް ބަލާއިރު އެނގެނީ މި އަދަދު އުޅެނީ 1.6 ބިލިއަން ޑޮލަރުގައި ކަމަށް،" ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖެއިން ޗައިނާއިން ނަގާފައިވާ ލޯނުތައް 1.6 ބިލިއަން ޑޮލަރަށް އަރާނެ ކަަމަށް މަރުކަޒީ ބޭންކުން ބުނިއިރު، ރާއްޖެއިން ތިން ބިލިއަން ޑޮލަރަށް ދަރާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަސީދު ވަނީ ވިދާޅުވެފަ އެވެ.

މިވާހަކައާ ގުޅިގެން "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ނަޝީދު އިސްވެ ހުންނަވައިގެން ޗައިނާ އަށް އަމާޒު ކުރައްވާ ތުހުމަތުގައި އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ކަމަށެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910