ހަބަރު

"ސްނައިޕަރު" މައްސަލަ ބޭރުކޮށް، ތިން މީހުން މިނިވަންކޮށްފި

މަދޫޝަންކާ މީގެކުރިން ކޯޓަށް ވައްދަނީ: މައްސަލަ ވަނީ ބޭރުކޮށްލާފަ - އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

ރައީސް އަބްދުﷲ ޔާމީންް އަބްދުލްގައްޔޫމް އަވަހާރަކޮށްލުމަށް ލަންކާއިން ސްނައިޕަރެއް ގެނައި ކަމަށް ބުނެ ދައުވާކުރި މައްސަލަ ކުރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މި މައްސަލާގައި ދައުވާކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ލަންކާގެ ލަހިރޫ މަދުޝަންކާ އާއި މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ.

މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާކަން ވަކީލުން ކަށަވަރުކޮށްދިނެވެ. މައްސަލަ ބޭރުކޮށްލީ އެ މައްސަލާގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

ފަޒީލު ދޫކޮށްލުން

މައްސަލަ ބޭރުކޮށްލުމާއެކު އިސްހާގު ހުސެއިން އާއި ފަޒީލު ވަނީ މިނިވަންކޮށްފަ އެވެ. އަދި ލަންކާގެ މަދުޝަންކާ ވެސް ވަނީ މިނިވަންކޮށްފަ އެވެ.

އޭނާ މިނިވަންކޮށްފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ލަންކާ ސަރުކާރުގެ އިސް ބޭފުޅުން ޖަލަށް ވަޑައިގެން މަދުޝަންކާއާ ބައްދަލު ކުރައްވާފައިވަނިކޮށެވެ. ޖަލުގައި މަދުޝަންކާއަށް އަނިޔާކޮށް ޓޯޗާކުރި ކަމުގެ ތުހުމަތުތަކެއް ވެސް މީގެކުރިން ފެންމަތިވެފައިވެ އެވެ.

އިސްހާގު ހުސެއިން މިނިވަންކުރުމުން އުފާ ފާޅުކުރަނީ --

މައްސަލައާ ގުޅިގެން އެ ތިން މީހުން ވެސް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެވެ. އެ މައްސަލާގައި ދައުވާ ލިބުނު ފަރާތްތަކުގެ ތެރެއިން ހަމައެކަނި ހައްޔަރުކޮށްފައި މިހާރު ހުންނެވީ އަދީބެވެ.

އެހެން މައްސަލަތަކެއް އަދީބަށް ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު އޭނާ މިހާރު އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ. މިއަދުގެ ޝަރީއަތަށް އަދީބެއް ހާޒިރެއް ނުވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910