ވިޔަފާރި

ޓޫރިޒަމް މިނިސްޓަރު އާޓާ އާއި ލޭމްއާ ބައްދަލުކޮށްފި

އާޓާގެ ބޯޑު މެންބަރުންނާއެކު މިނިސްޓަރު އަލީ ވަހީދު (މ) ގައި-
0%
0%
0%

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އާ ބައްދަލު ކުރައްވައިިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ އާޓާގެ ސެކްރެޓަރީ ޖެނެރަލް ޝައުޝާން ޝަފީގު ވިދާޅުވީ މިނިސްޓަރު އެ ޖަމިއްޔާގެ ބޯޑާ ބައްދަލު ކުރައްވައި ގުޅިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

"މިނިސްޓަރު ވިދާޅުވި އެއްވެސް ތަފާތު ކުރުމެއް ނެތި ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް،" ޝައުޝާން ވިދާޅުވި އެވެ.

އާޓާއަކީ ރާއްޖޭގެ މަޝްހޫރު ގިނަ އަދަދެއްގެ ޓްރެވަލް ކުންފުނިތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ މިހާރުގެ ރައީސަކީ ކެޕިޓަލް ޓްރެވަލް ކުންފުނީގެ ވެރިޔާ ޔޫސުފު ރިފްއަތު އެވެ.

ލޭމްގެ ބޯޑާ ބައްދަލު ކުރެއްވުން-

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލު ކުރެއްވުންތަކުގެ ތެރެއިން އާ މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އާ ވެސް ބައްދަލު ކުރައްވާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910